
ޝަޒީގެ އެކުވެރިއެއް ބުނީ ޝަޒީގެ ހާލަތު މިހާރު ސްޓޭބަލް ކަމަށާއި، ނަމަވެސް އަދިވެސް އައިސީޔޫގައި ބައްވަން ޖެހިފައިވާ ކަމަށެވެ.
ޝަޒީއަށް ދިމާވި ސިއްހީ ހާލަތާއި ގުޅިގެން ގިނަ ވާހަކަތަކެއް ދެކެވެމުންދާއިރު، އޭނާގެ ރައްޓެހިން ވަނީ ދޮގު ވާހަކަތައް ނުފަތުރުމަށް އެދިފައެވެ. އަދި އޭނާއަށް ދިމާވި ހާލަތުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ޝަޒީއަކީ ފިސަފް ސެޓިފައިޑް ޕާސަނަލް ޓްރެއިނަރެއް އަދި ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން ސްޕޯޓްސް ރިހެބިލިޓޭޝަންގެ ޑިޕްލޮމާއެއް ހާސިލްކޮށްފައިވާ ފަރާތެކެވެ. އޭނާއަކީ ސްޓްރޯންގް ނޭޝަން އިންސްޓްރަކްޓަރެއްގެ އިތުރުން ޒުމްބާ އަދި ލެސްމިލްސް ބޮޑީކޮމްބެޓް އިންސްޓްރަކްޓަރެއްވެސް މެއެވެ. ސޯޝަލް މީޑިއާގައި 13,500 އަށްވުރެ ގިނަ ފޮލޯވަރުން ހުރި ޝަޒީއަކީ މާލޭގައި ހަރަކާތްތެރިވާ ފިޓްނަސް ދާއިރާގެ މަޝްހޫރު ޓްރެއިނަރެކެވެ.