ads
ފަނޑިޔާރުން ވަކިކުރި މައްސަލަ އެމްޑީޕީން ޔޫރަޕިއަން ޕާލިމެންޓާވަނީ ހިއްސާކޮށްފައި -- ފޮޓޯ: ޝާހިދު
ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އީޔޫ ޕާލަމެންޓާ އެމްޑީޕީން ހިއްސާކޮށްފި
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މިއަދު މަގާމުން ވަކިކުރުމާ ގުޅުން ހުރި ކަންބޮޑުވުންތައް އިދިކޮޅު އެމްޑީޕީން ޔޫރަޕިއަން ޕާލަމަންޓާ ހިއްސާކޮށްފި އެވެ.
Advertisement

ބެލްޖިއަމްގެ ބްރަސެލްސްގައި މިއަދު އޮތް އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒް އެވެ.

މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގެ ކަންބޮޑުވުންތަކުގެ އިތުރުން ރާއްޖޭގެ މަސްރަހުގައި ހުރި އެހެނިހެން ކަންކަމާ ބެހޭ މައުލޫމާތުވެސް އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާ ޑެލިގޭޝަނާ ހިއްސާކުރެއްވި އެވެ. ޝާހިދު ބްރަސަލްސްއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އީޔޫގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާނެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ޖޭއެސްސީއަށް އެންގި ޖިނާއި މައްސަލައަކާ ގުޅިގެން އަޒްމިރަލްދާއާއި މަހާޒާއެކު ހުސްނުއްސުއޫދު، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި ސަސްޕެންޑުކުރި އެވެ. އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ވެސް ބަލާ ކަމަށް ފަހުން ޖޭއެސްސީން ބުނެފައިވާއިރު، ސަސްޕެންޑުކުރިތާ މާގިނަ ދުވަހެއް ނުވެ ސުއޫދު އިސްތިއުފާ ދެއްވި އެވެ.

އެ މައްސަލަ ބަލަން ޖޭއެސްސީން ސިއްރުކޮށްގެން އަޑުއެހުންތަކެއް ބޭއްވުމަށްފަހު ފާސްކުރީ އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށެވެ. އެއަށްފަހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ލަފަޔަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި އިޖުރާއީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނަށް އިޖުރާއީ މައްސަލައެއް ފާހަަގަ ނުވާ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް