ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އއ. މަތިވެރި.
މަތިވެރީގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ސަރުކާރުން ހޯދަނީ
އއ. މަތިވެރީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ މަޝްރޫއަށް ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ހުޅުވާލައިފި އެވެ.
Advertisement

ފަޅުހިއްކައިގެން މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިއަހަރު އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި އއ. މަތިވެރި އެއާޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވެފައިވަނީ މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއްކަމަށެވެ. 

އެހެންކަމުން މި އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއާޕޯޓު މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރި އެއާޕޯޓު އެޅުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މާލެއިން ފުރައިގެން ގާތްގަނޑަކަށް ދޮޅުގަޑިއިރަށް ވުރެ އަވަހަށް ދަތުރުކުރެވޭ މަތިވެރީގައި އެއާޕޯޓު އެޅަން ބޭނުންވާ ފަރާތްތަކުން، އެކްސްޕެޝަންސް އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލްގެ ދަށުން ކަމަށެވެ. މި މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް މި ކެޕިޓަލް އަދި އޮޕަރޭޝަނަލް ހަރަދުތައް އަނބުރާ ހޯދުމަށްޓަކައި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން ވެސް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫއުގެ ޝަރުތުތައް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) މިނިސްޓްރީއަށް މެއިލްކުރަން ޖެހޭނީ 15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް