
އަޒްމިރަލްދާގެ ނަމުގައި ހުޅުވާފައިވާ ފޭކް އެކައުންޓްގެ ހިންގަމުން އަންނަނީ އެކްސްގައެވެ. މި އެކައުންޓް ހުޅުވާފައިވަނީ މި މަހުގެ ތެރޭގަ އެވެ. އެ އެކައުންޓަށް މިހާރު ވެސް 91 މީހުން ފޮލޯކުރަމުން އާދައެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އަޒްމިރަލްދާ ނަމުގައި އެކްސްގައިވާ އެކައުންޓަކީ ސައްހަ އެކައުންޓެއް ނޫންކަމަށެވެ. އަދި އެ އެކައުންޓްގެ މައްސަލަ ރިޕޯޓްކޮށްދިނުމަށް ވަނީ އެދިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އިއްޔެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރަން ފެންނަކަމަށް މަޖިލީހުގެ 68 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އެކަމާއި ދެކޮޅަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އެ ދެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.