ads
ސައިކަލުން ޖެހި އަންހެން މީހާއާއި ކުއްޖާ މަގުމައްޗަށް ވެއްޓިފައި
ސައިކަލުން ޖެހުނީ އަންހެން މީހާގައި، ތުއްތު ކުއްޖާ މަގުމައްޗަށް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
Advertisement

ހުޅުމާލޭގައި ހުންނަ އެެސްޖެއޭ މޯލް ކުރިމަތީ މިއަދު ހިނގި މި އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. 

އެ ވީޑިއޯއިން ފެންނަނީ ތުއްތު ކުއްޖެއް އުރައިގެން ހުރި އަންހެން މީހާ ނިރޮޅުމަގު ހުރަސްކުރަނިކޮށް، އެމަގުން އަންނަ ސައިކަލެއް ގޮސް އޭނާގެ ގައިގައި ޖެހޭ ތަނެވެ. 

ސައިކަލް ޖެހެނީ އަންހެން މީހާގެ ފައިގައެވެ. އެއާއިއެކު އޭނާ އުރައިގެން ހުންނަ ކުއްޖާއާއި އެކު މައްގުމައްޗަށް ވެއްޓެއެވެ. ވެއްޓުމުގެ ތެރޭގައި  ފުރަތަމަ ވެސް ތާރުގަނޑު މަތީގައި ޖެހުނީ އެ ކުއްޖާގެ ބޮލެވެ.

ފުލުހުން ބުނީ  އެކްސިޑެންޓު ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 9:23 ހާއިރުކަމަށެވެ. 

މި އެކްސިޑެންޓްގާއި ސައިކަލް ޖެހުނު އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.  އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ އެ އެންމެންނަށް ވެސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް