ads
ޓްރާންސްޕޯޓް މިނިސްޓަރު އަމީން
ޔުމްނު ވެއްޓުން: ސީޕީއަށް ގުޅުއްވި ސަބަބު އަމީން ހާމަކުރައްވައިފި
ޔުމްނު ވެއްޓުނު މައްސަލާގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވި ސަބަބު ޓްރާންސް ޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ހާމަކުރައްވައިފި އެވެ.
Advertisement

މިނިސްޓަރު އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށެވެ. މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެމްޑީޕީން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފަ އެވެ. އަމީން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން އޭނާ ދިރިއުޅޭ ގޭގެ ނަން ކިޔަމުންދާތީ، އެ ގެއަށް ފުލުހުން ވަނުމަށް އެއްވެސް އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން ސީޕީއަށް ގުޅުއްވި ކަމަށެވެ. 

"އަޅުގަނޑު ދިރިއުޅޭ ގޭގެ އެހެން އޯނަރުންނާ ވާހަކަ ދެއްކުމަށް ފަހު އަޅުގަނޑުމެންގެ ގެއަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެ ކަން ދަންނަވަން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސްއަށް ދެންނެވުމަށް ގުޅާފައިވާނެ. އެކަމަކު އެމަނިކުފާނު ފޯނަށް ޖަވާބު ދެއްވާފައެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މައްސަލައާ ގުޅިގެން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް