ads
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވޯޓުލައްވަނީ
ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ބާރު ވެސް ރައްޔިތުނަށް ލިބޭންޖެހޭ: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ހިމެނޭ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއް ނުވަތަ ކައުންސިލް މެމްބަރެއް އެ މަގާމުގައި ބަހައްޓަން ބޭނުން ނުވާނަމަ ރައްޔިތުންގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް ހަދައި އިސްލާހުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

"ރައްޔިތުންގެ ވޯޓުން ހޮވާ މެމްބަރެއް އެ ރައްޔިތުންނަށް ވަކިކުރެވޭނެ ގޮތެއް ނެތް ދީފައެއް. އަޅުގަނޑު މި ހުށަހަޅަނީ ރިކޯލް ވޯޓު ނުވަތަ ރައްޔިތުން ގާތަށް އަނބުރާ ދާން، ސުވާލު ކުރުމުގެ ފުރުސަތު، ރައްޔިތުން އޭނަ ވަކިކުރަން ބޭނުންވަންޏާ ވަކިކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން," ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ޗެކް އެންޑް ބެލެންސްއެއް ނެތި، އިންތިހާބުވާ ފަރާތްތަކަށް ފަސް އަހަރު ވަންދެން މަގާމުގައި ތިބެވޭ ގޮތަށް އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. މީގެ އިތުރުން ދެން އޮންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށާއި އަތޮޅު ކައުންސިލް އުވާލައި ރަށު ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ވެސް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް