ads
ފުލުހުން އަތުލައިގަތް ޑްރަގު ނެޓްވޯކް
2 ކިލޯގެ ޑްރަގާއި އެކު 6 މީހުންގެ ނެޓްވޯކެއް
2 ކިލޯގެ ޑްރަގާއި އެކު 6 މީހުންގެ ނެޓްވޯކެއް އަތުލައިގެންފިއެވެ.
Advertisement

ފުލުހުން ބުނީ މި މީހުން އަތުލައިގަތީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. 

މީގެ އިތުރުން ފައިސާއާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް ވަނީ އަތުލެވިފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން

  • ގއ. ދާންދޫ / ބޯގަންވިލާ، ހަސަން ޢަލީ (26އ) 
  • ޅ. ކުރެންދޫ / މެދުރިގެ، މުހައްމަދު އަލީޝް އަހްމަދު (28އ) 
  • ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުހައްމަދު (26އ)
  • ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުހައްމަދު ޒަކީ (28އ)
  • ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާއީލް ވަހީދު (18އ) 
  • އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ

މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް 7 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.  އެގޮތުން، ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމް ހުރިކަމަށް ފުލުހުން ބުނެއެވެ. 

މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވަރ ކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވާކަށް ފުލުހުން ބުނެއެވެ. 

އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން 6 މޯބައިލް ފޯނާއި 2 ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުހައްމަދު ޒަކީ ފަސް ދުވަހަށް، އިބްރާހީމް މައިޝަމް މާހިރު އާއި ޝަޔާން އިސްމާއީލް ވަހީދު 10 ދުވަހަށް އަދި ހަސަން އަލީ އާއި މުހައްމަދު އަލީޝް އަހްމަދު އާއި ވަލީދު މުހައްމަދު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް