
މޯލްޑިވިއަން އިން ހަނިމާދޫއާއި ބެންގަލޫރުއާ ދެމެދު ދަތުރުތައް ފެށުން
މޯލްޑިވިއަން އިން ހަނިމާދޫއާއި ބެންގަލޫރުއާ ދެމެދު ދަތުރުތައް ފަށައިފި
ގުފްތަގް އަޖީރު
15 މޭ 2025 - 23:38:31
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، އިންޑިއާގެ ބެންގަލޫރު އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ދަތުރުތައް މިއަދު ފަށައިފިއެވެ.
މި ރޫޓުގައި ހަފްތާއަކު ދެ ފްލައިޓް އޮޕަރޭޓްކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ.
މި މަންޒިލަށް މޯލްޑިވިއަން އިން ކުރާ ފްލައިޓްގެ ދެކޮޅު ޓިކެޓް ފެށޭ އަގަކީ ދިވެހިންނަށް 299 ޑޮލަރު ނުވަތަަ 4،610.58ރ. އަދި ބިދޭސީންނަށް 337 ޑޮލަރު ނުވަތަ 5،196ރ. އެވެ. މި ފްލައިޓް ޝެޑިއުލް ރޭވިފައިވަނީ ޗުއްޓީ އަދި ވިޔަފާރި ބޭނުންތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަށެވެ.
މޯލްޑިވިއަން އިން މިހާރު އިންޑިއާގެ ތިރުވަނަންތަޕޫރަމް އާއި ހަނިމާދޫއާއި ދެމެދު ވެސް ދަތުރުތައް ކުރަމުން ގެންދެއެވެ. ހަނިމާދޫއާއި ބެންގަލޫރުއާ ދެމެދު ދަތުރުތައް ފެށުމާއެކު، ރާއްޖޭގެ އުތުރުގެ ރައްޔިތުންނަށް އިންޑިއާގެ އިތުރު މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް