މިއަހަރުވެސް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް 1،000 މީހުންގެ ކޯޓާ ވަނީ ލިބިފައެވެ. އެ މީހުންގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެއެވެ. މި އެންމެންވެސް ދާނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައެވެ.
ހައްޖުވެރިން ދިޔުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށް ކޯޕަރޭޝަންގެ އެޑްވާންސް ޓީމު މިއަދު ވަނީ ފުރާފައެވެ.
ދިވެހި ރާއްޖެއިން ޙައްޖަށް ދާ ހައްޖުވެރިންނަށް މި އަހަރު ދާނީ މުޅިން އަލަށް ތައާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތުގެ ތެރެއިންނެވެ
މި ހިދުމަތް ފެށުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަނީ އައިސްފައެވެ. މިއަދު ރާއްޖެ އަައީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އެޑްވާންސް ޓީމުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މިއަދު ރާއްޖެ އަައީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އެޑްވާންސް ޓީމަށް ޑރ. ޝަހީމް މަރުހަބާ ކިޔަނީ
މި ވަފުދުގައި ސައުދީ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސައުދީ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތައް ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެެއްޓެވުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ.