ads
މާޅޮސްމަޑުލުގެ ރަށްތަކެއް: ސަރަހައްދީ ހިންގުން އަލުން ތަރުތީބު ކުރުން މުހިން ކަމަށް ބުނާ މީހުން ގިނަ ވެއްޖެ
"އެންމެން އެއްތަން ކޮށްގެން މުސްތަގުބަލުގައި ރާއްޖެ އޮންނަންވީ ގޮތް ކަނޑައަޅަން ޖެހޭ"
ސަރަހައްދީ ހިންގުމުގެ އޮނިގަނޑު އެކުލަވާލުމަށް ހުރިހާ ދާއިރާތަކުން މީހުން އެއް ކޮށްގެން މުސްތަގުބަލްގައި ރާއްޖެ އޮންނަންވީ ގޮތް ކަނޑައަޅަން ޖެހޭ ކަމަށް ހިންގުމުގެ ދާއިރާގެ މުހިންމު ތަޖުރިބާކާރެއް ކަމުގައިވާ މުހައްމަދު ނަޒީފު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޒީފު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ. 

"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.

"ނޭޝަން ޓޯކް"ގެ 18 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޒީފު ވިދާޅުވީ ސަރަހައްދީ ތަރައްގީއަށް ގޮސްގެން ނޫނީ ރާއްޖެ އަށް މުސްތަގުބަލެއް ނެތް ކަމަށާއި ތަރައްގީގެ ދުރު ރާސްތާ އަށް ވިސްނާއިރު މިހާރުއޮތް އަތޮޅު ތަކުގެ "އެތުރުން" ބަދަލުވާން ޖެހޭ ކަމަށެވެ. 

"އެއް ބަޔަކު ތިބެގެން ޕްލޭން ހެދީމާ ދިމާވާ މައްސަލަތައް ގިނަކަން ގަބޫލްކޮށް މިކަމަށް ފުޅާ ދާއިރާގައި ފަންނީ މީހުން ބައިވެރިކޮށްގެން މުސްތަގުބަލްގައި ރާއްޖެ އޮންނަށްވީ ގޮތް ކަނޑައަޅަން ޖެހޭ" ނަޒީފު ވިދާޅުވި އެވެ.

ނަޒީފު ވިދާޅުވީ ސަރުކާރުތަކުގެ ވިސްނުން އަދި ވެސް ހުރީ ވަސީލަތްތައް އެއްތަނަކަށް ޖަމާކުރުން ކަމަށާއި ލެގެސީ އަކަށް ކުރާކަމަކީ ތަންތަން ހިއްކުން ކަމަށެވެ. ނަޒީފް ވިދާޅުވީ ސަރަހައްދީ ތަރައްގީއަށް ގޮސް ރާއްޖޭގައި ހުރި ރިސޯސްތަކަކީ ކޮބާކަން ދެނެގަނެވެން ޖެހޭ ކަމަށާއި އަދި ކޮންތާކު ހުރީ ކޮންވަސީލަތެއްތޯ ބަލާ މިހުރިހާ ވާހަކަތަކެއް އެއް މޭޒަކަށް ގެނެސް ފުޅާ ދާއިރާއެއްގައި އިލްމީ ބަހުސް ކުރުން މުހިންމު ވެއްޖެ ކަމަށެވެ.

your imageސަރަހައްދީ ހިންގުން އަލުން ތަރުތީބު ކުރުން މުހިން ކަމަށް ބުނާ މީހުން ގިނަ ވެއްޖެ

"ވަސީލަތްތައް ގާއިމްކުރަން ފަސޭހަ ދިމާއަކަށް ދިޔައީމަ ވަސީލަތްތަށް ހުރި ދިމާއަކަށް ދިޔާމަ އެފަސޭހަވެސް އިންނާނެ، އެހެން ވީމަ އަޅުގަނޑުމެން މިއަދުވެސް ސަރަހައްދީ ތަރައްގީއަށް ދާން ވިސްނާލާއިރު، ކޮބާހޭ ރާއްޖޭގަހުރި ރިސޯސްތަކަކީ އޭތި އަދިވެސް މެޕްއެއް ނުކުރެވެ، ކޮންދިމާލެއްގައި ކޯއްޗެއްތޯ ހުރީ ކިހިނެއްތޯ ހުރީ، މި ހުރިހާ އެއްޗެއް މޭޒު މައްޗަށް ލައިގެން އިށީނީމައޭ އިނގޭނީ ސަރަހައްދީ ތަރައްގީއަށް ހާއްސަކޮށް ރާއްޖެ ދެން ދާންވީ ގޮތެއް. ކޮންދިމާލަކަށް ތޯ ދާންވީ" ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާ ނަޒީފު ވިދާޅުވި އެވެ.

ނަޒީފު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި ދަތުރުފަތުރުގެ ނިޒާމަށް ވެސް އެއީ މުހިންމު މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް އެއާޕޯޓްތައް ހެދެނީ ދުރު މުސްތަގުބަލުގެ ތަރައްގީގެ ޕްލޭނެއް އޮވެގެން ނޫން ކަމަށެވެ. އަދި ވިދާޅުވީ މިހާރު އާބާދީގެ ޓްރެންޑް ހުރިގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި މީހުން ނޫޅެ ދާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް