ads
ލ. ދަނބިދޫ ކަފަމާގޭ އައިޝަތު ޝަބީނާ
ޑްރަގު ވިއްކާ އަންހެނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ އަންހެނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެނަކީ، ލ. ދަނބިދޫ ކަފަމާގޭ އައިޝަތު ޝަބީނާއެވެ. 

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުން ޝަބީނާއަކީ މީގެ ކުރިން ހުޅުމާލޭގެ ފޭސް އެކެއްގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައި ނުވާތީ ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް