
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މަގުމަތީގައި އޮރިޔާންވީ މީހާ، ޑްރަގު މައްސަލައެއްގައި ހައްޔަރުކޮށްފި
އަހުމަދު ހަސަން
18 މޭ 2025 - 08:15:26
މަގުމަތީގައި ހުރެގެން ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި މިދިޔަ އަހަރު ހައްޔަރު ކުރި މީހާ، މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
ރިކޯޑްތަކުން ދައްކާ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން، ހެންވޭރު ބަސް ހުއްޓިއެއް ކައިރި ޖިންސީ ގުނަވަން ދެއްކި މައްސަލާގައި ހައްޔަރު ކުރީ ވެލިދޫ، މިރިހިމާގެ ހާމިދު އަބްދުﷲ އެވެ. އޭރު އޭނާ ބަންދުކޮށް މުއްދަތު ޖެހިނަމަވެސް އެ މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް އަދަބެއް ދިން ކަމެއް ސާފެއް ނުވެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހުވަނީ، އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މީގެ ކުރިން އޭނާ 29 ފަހަރު ބަންދުކޮށްފައިވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލުގައި ހުއްޓާ ކަމަށް ބެލެވެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް