ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ހަލީމް ގާސިމް ދައުލަތުގެ މީޑިއާ މެދުވެރިކުރައްޗައި ހާމަކުރެއްވި ގޮތުގައި، ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން ކުއްލި ފަރުވާ ހޯދުމަށްދާ ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ޖެހުމަކީ ދިމާވާ އެންމެ ބޮޑު ދަތިކަމެވެ. ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އިމަރޖެންސީގެ ހިދުމަތް ދެމުން އައީ 7 އެނދުގެ ތަނެއްގައެވެ.
ދެލައްކައެއްހާ މީހުންގެ އާބާދީއަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ތަރައްގީކުރާ ހުޅުމާލޭ ހޮސްޕިޓަލުގެ އާ އިމަރޖެންސީ ވޯޑުގައި ކްރިޓިކަލް ކެއަރގެ އެނދެއްވެސް ހިމެނޭނެއެވެ. މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.