
މި ޑިސްކަޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 19 މެއި ވާ ހޯމަ ދުވަހުގެ 14:00 އިން 16:30 އަށް ކަސްޓަމްސް ސާވިސް ހޯލުގައެވެ.
މި ޑިސްކަޝަންގައި ތިން ޕެނަލެއްގެ ދަށުން ތިން މައުލޫއަކަށް އަލިއަޅުވާލެވޭނެއެވެ. ފުރަތަމަ ޕެނަލްގައި އާޓިފިޝަލް އިންޓެލިޖެންސްއާއި ނޫސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ބެލެންސް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. ދެވަނަ ޕެނަލްގައި އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަންގެ ސަބަބުން ލިބޭ ފުރުސަތުތަކާއި ދިމާވެދާނެ ނުރައްކާތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. ތިންވަނަ ޕެނަލްގައި ޑިޖިޓަލް މީޑިއާގައި އޭއައި ބޭނުންކުރުމުގެ އަހުލާގީ މިންގަނޑުތަކާއި ގާނޫނީ ނަތީޖާތަކާއި މައުލޫމާތުގެ ސައްހަކަމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މި ޕެނަލް ޑިސްކަޝަންތަކުގައި ޖަވާބު އެކަޑަމީގެ ސީއީއޯ މުހައްމަދު ޖައިލަމް، މީޑިއާ ކައުންސިލްގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު، ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާން އަދި ވިމެން އިން ޓެކްގެ ރައީސް ނަހްޒާ އިބްރާހީމްގެ އިތުރުން މީޑިއާ ދާއިރާގެ ތަޖުރިބާކާރުންނާއި ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބައިވެރިވާނެއެވެ. މި ޑިސްކަޝަންގައި އޯޑިއަންސްގެ ގޮތުގައި މީޑިއާތަކަށް ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.