ads
ދަރިވަރުން ސްކޫލަށް ދަނީ
ބަލި ކުދިން ސްކޫލަށް ނުފޮނުވުމަށް ޑރ. ފައިސަލްގެ އިލްތިމާސް
ރާއްޖޭގައި މިދުވަސްވަރު ރޯގާއާއި ހުން ފެތުރެމުންދާތީ، ބަލިވެއްޖެނަމަ ކުދިން ސްކޫލަށް ނުފޮނުވުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަޖްމަދު ފައިސަލް އިލްތިމާސް ކުރައްވައިފިއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ފައިސަލް ވިދާޅުވީ، ވަރަށް ބޮޑަށް ރޯގާއާއި ހުން އިތުރުވާން ފަށާފައިވާ ކަމަށެވެ.

ބަލިތަކުން ރައްކާތެރިވުމަށް ޑރ. ފައިސަލް ދެއްވި އިރުޝާދުތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުމާއި، ބަލި ކުދިން ސްކޫލަށް ނުފޮނުވުމާއި، ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުމާއި، ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުން ހިމެނެއެވެ. އަދި ރޯގާޖެހި ނޭވާލަން އުނދަގޫވާނަމަ ނުވަތަ ހުން އައިސް ތިން ދުވަސްވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.

އެޗްޕީއޭ އިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މާރިޗް މަހާ އަޅާ ބަލާއިރު އޭޕްރިލް މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވެއެވެ. މިގޮތުން މިދިޔަ މަހު 127 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އެއީ މާރިޗް މަހާ އަޅާ ބަލާއިރު 54 ޕަސަންޓު އިތުރު އަދަދެކެވެ. ނަމަވެސް މާރިޗް މަހާ އަޅާބަލާއިރު، އޭޕްރީލް މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ ދަށްވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް