ads
ފުކޫ
ނޯތު ހާބަރުގައި ހިނގި ނުރައްކާތެރި ހާދިސާ
ނޯތު ހާބަރުގައި މޫދަށް ގެނބެމުންދިޔަ މީހެއްގެ ފުރާނަ ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) ސަލާމަތްކޮށްދީފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މެންދުރު 11:30 ހާއިރު ނޯތު ހާބަރު ބޭރުގައި އަޅާފައި އޮތް ބޯޓަކުން އެއްޗެއް ނަގަން ފުކޫ ދިޔަ ވަގުތުއެވެ. ފުކޫއަށް ފެނުނީ ބޭރު ތޮށިގަނޑު ކައިރީގައި މީހަކު މޫދުގައި އޮއްވައެވެ. އެ މީހާގެ ހަށިގަނޑުގެ ހަރަކާތްތަކުން ފެނުނީ ފަތަން ނޭނގޭ މީހަކު ގެނބެމުންދާ މަންޒަރެވެ.

ފުކޫ ވަގުތުން ބޮއެއް ހޯދުމަށް މަސައްކަތްކޮށް، ދެ ބޯޓު ޖެހޭތީ ބާއްވާފައި އޮތް ބޮއެ ފައްޗެއް ބިދޭސީއެއްގެ އަތުން އަތުލައިފިއެވެ. ނަމަވެސް އެ ހޭދަވި މިނެޓެއްހާއިރުގެ ތެރޭގައި ގެނބެމުންދިޔަ މީހާ މޫދު އަޑިއަށް ގޮސްފައިވާތީ، ފުކޫ ވަގުތުން މޫދަށް ފުންމާލައި އެ މީހާ ނަގައި އަވަހަށް އެއްގަމާ ހިސާބަށް ގެނެސްފައިވެއެވެ. ތޮށިގަނޑު މައްޗަށް އެ މީހާ ނެގީ އެމްޕީއެލްގައި މަސައްކަތްކުރާ މީހެއްގެ އެހީގައެވެ.

އެތަނުގައި ތިބި މީހުން ވަނީ އައިޖީއެމްއެޗުގެ އެމްބިއުލާންސަށް ގުޅައި، ގެނބުނު މީހާ ފަރުވާއަށް ގެންގޮސްފައެވެ. އެތަނަކީ އާންމުކޮށް މީހުން މޫދަށް އެރޭ ތަނެއް ނޫނެވެ. ލޯންޗުތައް ދުއްވާ އެ ސަރަހައްދުގައި މޫދަށް އެރުމަކީ ނުރައްކާތެރި ކަމެކެވެ. ގެނބެމުންދިޔަ މީހާއަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން އަދި އޭނާގެ ހާލު ވެސް މި ވަގުތު ސާފެއް ނޫނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ ނަގައިގެން ތޮށިގަނޑު ކައިރިއަށް ގެންދިޔައިރު ހެއެއްނެތެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް