ads
ކުޅުދުއްފުށީ ވިޔަފާރި ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީގެ ވެރިން ސަލާމްކުރައްވަނީ
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރަން ސޮއިކޮށްފި
ހދ. ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް މިއަދު ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީ ދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާނެވެ.

އިކޮނިމިކް މިނިސްޓްރީ އާއި އެމްޕީއެލްގެ ފަރާތުން މިއަދު ނެރުނު ޖޮއިންޓް ޕްރެސް ރިލީޒްއެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ބަނދަރަކީ، ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.

ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މިމަޝްރޫޢަކީ ހއ، ހދ، ށ، ނ އަތޮޅުގެ ރަށްތަކަށްވެސް ހިދުމަތް ލިބޭނެހެން އެސިޓީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުމެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރިއާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ގާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން ސަރުކާރުން ފާހަގަކުރައްވަ އެވެ. އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުންކަމަށާއި މިކަމުންވެސް އިގްތިސާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް