ads
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް: މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ފުޅާކުރަން ގޮވާލެއްވި
މޫސުމީ ބަދަލުތަކުން އަރައިގަތުމަށް، މިހާރަށް ވުރެ ފުޅާކޮށް ވިސްނަންޖެހޭ: ނައިބު ރައީސް
މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމުގައި އެންމެ ކުރީސަފުގައި ތިބެގެން ހަރަކާތްތެރިވާންޖެހޭ ފަރާތްތަކުން އީޖާދީ ހައްލުތައް ހޯދުމަށް މިހާރުގެ ހާލަތަށްވުރެ ފުޅާކޮށް އަދި ހާލަތުން ބޭރުން ވިސްނުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.
Advertisement

ނައިބު ރައީސް އެފަދައިން ގޮވައިލެއްވީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް މިކަމަށް ގޮވައިލެއްވީ ހަވާއީގެ ހޮނޮލޫލޫގައި ބޭއްވި "ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމް" ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ހުސައިން ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވެފައިވާ މޫސުމީ ނުތަނަވަސް ކަމަކީ، ދިރިއުޅުމުގެ ހަގީގަތަކަށް މިހާރު ވެފައިވާ ކަމަށެވެ. ދިމާވާ ގޮންޖެހުންތަކާ އެކު ވެސް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ އިން އެންމެ ކުރީސަފުގައި ދެމިތިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި 2028 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓު އުފެއްދުމަށް އަމާޒެއް ކަނޑައަޅާފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުން ކުރިމަތިލާންޖެހިފައިވާ ހުރަސްތަކަކީ، އީޖާދީ ހިޔާލުތަކުގެ މަގެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ޖަޒީރާ ގައުމުތަކަށް މައުލޫމާތު ހިއްސާކޮށް، އީޖާދީ ހައްލުތައް އުފެއްދުމަށާއި ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ ހަރަކާތްތައް ވިލަރެސްކުރުމަށް މުހިންމު މަންސައެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި އެ ޕްރޮގްރާމްގައި ޕޮލިސީ މާހިރުންނާއި، ޔުޓިލިޓީ ލީޑަރުން އަދި މުޖުތަމައުގެ ހައްލުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ޖަޒީރާ ގައުމުތަކަށް، މޫސުމީ ނޭދެވޭ ބަދަލުތަކުން ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވުމާއި ސާފު ހަކަތައިގެ ހައްލުތައް ތަންފީޒުކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ، ޓެކްނޮލޮޖީގެ ދާއިރާ އިން ބޭރަށް ނުކުމެ ވިސްނުމަށާއި މުޖުތަމައުތަކަށް ބަދަލުގެނެވޭ ފަދަ ދުނިޔޭގެ މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅޭ މަޝްވަރާތަކަށް ބަދަލު ގެނެވޭނެ ފަދަ އީޖާދީ ސިޔާސަތުތަކާއި މާލީ އެހީ ހޯދުމުގެ ނިޒާމުތަކަށް އަމާޒު ހިފުމަށް ފެލޯޝިޕް ބައިވެރިންނަށް ހިތްވަރުދެއްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް