ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މާރާމާރީގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ 23:51 ހާއިރު، ހުޅުމާލެ ފޭސް ދޭއްގެ އެޗް 11 ސަރަހައްދުގައެވެ. އަނިޔާލިބުނު ދެ މީހުންގެ ތެރެއިން އެއް މީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އަނެއް މީހާގެ ބުރަކަށީގެ އެކި ތަންތަން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުންގެ ބުނެއެވެ.
މި ހާދިސާގައި އަނިޔާލިބުނު ދެ މީހުންގެ ފޯނު ފޭރިގަނެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، މިހާރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އަނިޔާލިބުނު ދެ މީހުން މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.