ads
ޚަބަރު ރައީސުލްޖުމްހޫރިއްޔާ މ. ނާލާފުށީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުން
ނާލާފުށިން ރައީސް އަށް ހުށަހެޅީ ކަރަންޓު، ފެނާއި ނަރުދަމާގެ ކަންބޮޑުވުން
ރައީސް ޑރ. މުހައްމަދު މުއިއްޒު، މުލީ އެއަރޕޯޓު ހުޅުވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި މ. ނާލާފުށީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ބައްދަލުކުރެއްވައިފިއެވެ.
Advertisement

މި ބައްދަލުވުމުގައި ނާލާފުށީ ކައުންސިލުން ރަށަށް އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާ މަޝްރޫއު ފުރިހަމަ ނުވާތީ ދިމާވާ ކަންބޮޑުވުންތަކާއި، ކަރަންޓުގެ މައްސަލަތަކުން ކުރިމަތިވާ ގޮންޖެހުންތައް ރައީސް މުއިއްޒާ ހިއްސާކުރިއެވެ.

ބައްދަލުވުމުގައި ނާލާފުށީ ކައުންސިލުން ބުނީ މުލީ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ކަމަށެވެ. އަދި ކޯޒްވޭ ތަރައްގީކުރުމުން ނާލާފުއްޓަށް އެތައް ފައިދާތަކެއް ވާނެކަމަށް ކައުންސިލުން ފާހަގަކުރިއެވެ. މީގެ އިތުރުން ރަށުގައި އޭޓީއެމް އަދި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއުތަކުގެ އިތުރުން މިހާރު ކުރިއަށްދާ މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ރައިސް މުއިއްޒު ރައްޔިތުންނަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދެއްވާތީ ކައުންސިލުން ޝުކުރުވެސް އަދާކޮށްފިއެވެ.

"ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި،" -ރައީސް އޮފީސް-

އަދި ބައްދަލުވުމުގައި ބައިވެރިވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް ނާލާފުށީގައި ކުރިއަށްދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ރައީސް މުއިއްޒު ހިއްސާކުރެއްވިއެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މުލަކަތޮޅުގެ މި ދެރަށުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދަތުރުފުޅަކަށް ވެފައިވާކަން ފާހަގަކުރެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް