ads
މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން -- ފޮޓޯ/ ބީއެމްއެލް
މޯލްޑިވްސް އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް
މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
Advertisement

މި އެކްސްޕޯއަކީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭ އެކްސްޕޯއެކެވެ.

މި ސްޕޮންސާޝިޕް އެއްބަސްވުމާ ބެހޭ ހާއްސަ ހަފުލާއެއް މިއަދު ވަނީ ބީއެމްއެލް އޮފީހުގައި ބާއްވާފަ އެވެ. މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް، މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް އެކްސްޕޯ 2025 ވާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި ފެންނަ އެންމެ ބޮޑު އެއް ހަރަކާތަށެވެ.

މެއިން ސްޕޮންސަރެއްގެ ހައިސިއްޔަތުން މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ ގައުމީ ހުނަރު ކުރިއެރުވުމަށާއި ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރި ސިނާއަތްތައް ބާރުވެރިކުރުވުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ދައްކައިދޭ ކަމެކެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 31 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި އަހަރުގެ އެކްސްޕޯގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 5،000 އަށް ވުރެ ގިނަ ދިވެހި އުފެއްދުންތައް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް