ads
ކޭލަކުނާއި ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީކުރަން ސޮއިކުރުން - ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ދެ ރަށެއްގައި ނޭޗާ ޕާކް ހަދަން އެމްޓީޑީސީއާ ހަވާލުކޮށްފި
ހދ.ކޭލަކުނު އަދި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ގާއިމުކުރުމުގެ މަޝްރޫއު ތަންފީޒުކުރުމުގެ ފަހުމުނާމާގައި ތިމާވެއްޓާއި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ސޮއިކޮށްފި އެވެ.
Advertisement

ފަތުރުވެރިކަން ފުޅާކުރުމަށް ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.  

މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކޭލަކުނާއި ފަރުކޮޅު ޙިމާޔަތްކޮށްފައިވާތީ މި މަޝްރޫއުގެ ދަށުން އެ ރަށްތަކުގައި ނޭޗާޕާކުގެ މަސައްކަތްކުރުމަށް ކުރާނީ ގުދްރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް، ދަމަހައްޓައި ތަންތަނާބެހޭ ގަވާއިދާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި މަސައްކަތަކީ ރައީސްގެ ވައުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

"މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގުދުރަތީ ނުވަތަ ތޮބީއީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވައިދު އާއި އެހެނިހެން ކަމާގުޅޭ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ކޭލަކުނަކީ ޖަންގައްޔެއްގައި ހުންނަ ސިފަތައް ހުންނަހެން ރާއްޖޭގައި އޮތް ހަމައެކަނި ރަށެވެ. އެ ރަށަކީ ކުރީގައި މީހުން ދިރިއުޅުން ރަށެއް ނަމަވެސް މީލާދީ ގޮތުން 1820 ގައި ކުރި ގަދަ ވިއްސާރާގެ ސަބަބުން އެ ރަށް ސުންނާފަތިވެ، އެ ރަށުގައި ދިރިއުޅުނު މީހުން ރަށުން ފައިބައިގެން ދިޔައީ ކަމަށް ތާރީހީ ފޮތްތަކުގައިވެ އެވެ.

ފަރުކޮޅަކީ ފުނަދޫގެ އިހުތިސޯސުގެ ތެރޭގައިވާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސް ސޯލިހުގެ ދެވަނަ ގަރާރުގަ އެވެ. އެގޮތަށް އެކަން ފާސްކުރެއްވި ނަމަވެސް ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް