އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވީ މުލީ އެއަރޕޯޓު ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިކަމަށްޓަކައި މުލީގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އެވެ.
މި މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް ވާއިރު، މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ހޮސްޕިޓަލުގެ މަސައްކަތް 2027 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.