ads
ޕެސިފިކް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތުން
އަގު ނުކުރެވޭވަރުގެ ގެއްލުން ރާއްޖެއަށް އެބަވޭ: ނައިބު ރައީސް
ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަގު ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
Advertisement

މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ޕެސިފިކް ފޯރަމުން ކުރިއަށް ގެންދިޔަ ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ލަތީފުގެ ވާހަކަފުޅުގައި، ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ދިރުމަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން، ގައު ހުދުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، އަދި ކަނޑުގެ އޮޔަށް ބަދަލު އައުން ފަދަ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ނުރައްކާތެރިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ނޫ އިކޮނޮމީ ކުރިއަރުވައި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމާއި، ކަނޑުގެ ސަރަހައްދުތައް ހިންގައި ބެލެހެއްޓުމަކީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނެ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ މަޝްރޫއުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ބައިނަލްއަގްވާމީ މާލީ އެހީތެރިކަން ބޭނުންވާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވައި، އުފެއްދުންތެރިކަމަށް ބަރޯސާވެގެން އެކަށައަޅާ މާލީ އެހީތެރިކަމުގެ ވަސީލަތްތައް މުރާޖައާކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. އަދި، ކޮންސެޝަނަލް އިންސްޓްރޫމަންޓާއި ދަރަނި ލުއިކޮށްދޭ ވަސީލަތްތަކަށް އަމާޒު ބަދަލުކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހޮނުލުލޫ އިންޓަނޭޝަނަލް ފޯރަމްގައި ރާއްޖެ ތަމްސީލުކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުންތައް ފާޅުކުރެއްވީ މިފަހަރުވެސް ނައިބު ރައީސްއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް