ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސެއިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ މާރާމާރީގައި ހަމަލާ ދިން ފަރާތްތަކުން ދެ ފޯނު ފޭރިގަތް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާރާމާރީއަށް ހަމަލާ ލިބުނު ދެ ފަރާތަށް އެރޭ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން މިއަދު ބުނިއެވެ.
ވާނުވާ ބަންދަކީ ޝަރީޢަތް ނިމެންދެން ރިމާންޑު ޖަލެއްގައި މީހުން ބަންދުކުރުމަށް ކުރާ އަމުރަށް އާންމުކޮށް ކިޔާނަމެކެވެ.