
ބ ގޮއިދޫ
ގޮއިދޫ ސްކޫލްގެ އިންޑިއާ ޓީޗަރު ބްލެކް ލިސްޓުކޮށް ފޮނުވާލަނީ
ގުފްތަގް އަޖީރު
21 މޭ 2025 - 20:02:29
ބ. ގޮއިދޫ ސްކޫލްގައި އިނގިރޭސި ކިޔަވައިދޭ އިންޑިއާ ޓީޗަރެއްގެ ބަދުއަހުލާގީ މައްސަލަތަކެއް ފެންމަތިވެފައި ވާތީ، އޭނާ ބްލެކް ލިސްޓުކޮށް ރާއްޖެއަށް ނާދެވޭ ގޮތަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގޯރީސަންކަރު ޕީޖީ ނަމަކަށް ކިޔާ އެ ފިރިހެން ޓީޗަރު ބަދުއަހުލާގީ އަމަލު ހިންގުމަށް އެދި އެހެން ފިރިހެނުންނަށް މެސެޖުކޮށްފައި ހުރި ޗެޓްލޮގްތަކެއް މިދިޔަ ހޯދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އެ ޓީޗަރަށް ރާއްޖެ ނާދެވޭ ގޮތަށް ބްލެކް ލިސްޓުކޮށް ފޮނުވާލުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
ޗެޓްލޮގުތައް އާންމުކުރި އެކައުންޓުން ބުނެފައިވާ ގޮތުގައި އެ ޓީޗަރުގެ މައްސަލަ ފަޅާއެރި ރޭ ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.
މި މައްސަލައާ ބެހޭ ގޮތުން ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުމުން ބަލަމުން އަންނައިރު އެކަމާ ގުޅުންހުރި އެހެން އިދާރާތަކުގެ ސަމާލުކަމަށް ވެސް މައްސަލަ ވަނީ ގެނެސްފަ އެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް