ads
އިންޑިޔާގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި
އިންޑިއާ ކަނޑުގެ ސަލާމަތަށް އަވަސް ފިޔަވަޅުތަކެއް އަޅަން ރާއްޖެއިން ގޮވާލައިފި
އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމަށް ދިމާވާ ގޮންޖެހުންތަކާމެދު ސަރަހައްދީ ގައުމުތަކުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ވާޗުއަލްކޮށް ބޭއްވި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އަންނަން އޮތް ޖީލުތަކަށް އިންޑިއާ ކަނޑު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އައިއޯއާރުއޭގެ 23 މެންބަރު ގައުމުގެ މިނިސްޓަަރުންނާއި ސީނިއާ އޮފިޝަލުންނާއި 12 ޑައިލޮގު ޕާޓްނަރުން ބައިވެރިވި ކަމަށެވެ. މިނިސްޓަރު ހަލީލްގެ ވާހަކައިގައި، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާއި، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ފަދަ ކަންކަމަށް ގައުމުތަކުން ގުޅިގެން އަވަސް ހައްލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

އައިއޯއާރުއޭއަކީ ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، އިންޑިއާ ކަނޑުގެ ގައުމުތަކަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް ޓަކައި 1997ވަނަ އަހަރު ސަރަހައްދީ ގައުމުތަކުން ހިއްސާ ވެގެން އުފެއްދި ޖަމިއްޔާއެކެވެ. އައިއޯއާރުއޭގެ 22ވަނަ މެންބަރު ގައުމުގެ ގޮތުގައި ރާއްޖެއިން އެ ޖަމިއްޔާއާ ގުޅުނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި ބައްދަލުވުން ހޯސްޓު ކުރީ އައިއޯއާރުއޭ ޗެއާކުރަމުންދާ ސްރީލަންކާއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް