ads
ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ -- ފޮޓޯ: އޭދަފުށި ޓައިމްސް
އެސްއެސްސީ އެމްތިހާނުގައި ޤުރުއާނުގެ ޓެސްޓު ހަދަން ޖެހުމުން ބެލެނިވެރިން ރުޅިގަދަވެއްޖެ
2020 ގައި އެސް.އެސް.ސީ އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގުރުއާން ކަނޑައެޅުމުން، ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
2020 ގައި އެސްއެސްސީ އިމްތިހާނުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި ޤުރުއާން ކަނޑައެޅުމުން، ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެގޮތުން މިހާރު ބެނެނިވެރިން ވަނީ އެމައްސަލަ ރައީސް އޮފީހަށާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފަ އެވެ.

ބެލެނިވެރިން އެމުއައްސަސާތަކަށް ފޮނުވާފައިވާ ލިޔުމެއްގައި ވަނީ ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ގްރޭޑް ނުވެއްގައި ހަދަންޖެހޭ ޕްރޮޖެކްޓު ގްރޭޑް 10 ގައި ހަދަންޖެހުމާއި، ބެލެނިވެރިންނާއި ދަރިވަރުންނަށް އިމްތިހާން އޮންނާނެ ގޮތުގެ އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުން ހިމެނެ އެވެ.

މީގެއިތުރުން ދަރިވަރުން އެ އިމްތިހާނަށް އަހުލުވެރިވެފައި ނެތުމާއި ދަރިވަރުން އެ އިމްތިހާނަށް ތައްޔާރުކުރެވިފައި ނެތުމުން 2020 ގައި ކިޔަވަމުންދާ އެހެން މާއްދާތަކަށް ބުރޫއަރާނެ ކަމަށްވެސް ބެލެނިވެރިން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ޤުރުއާނަކީ، މުސްލިމުން އެންމެ ބޮޑަށް އިހުތިރާމް ކުރަންޖެހޭ އެއްޗަކަށްވާއިރު، ދަރިވަރުން ލައްވައި ކުއްލި ގޮތަކަށް އިމްތިހާން ހަދަންޖެހުމުން ޤުރުއާނަށް އޮންނަ ލޯބި ކުޑަވެދާނެކަމުގެ ބިރުހީވާ ކަމަށްވެސް ބެލެނިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

ބަލައިގެން ކިޔަވާ ބައި ޓެސްޓް ކުރަން، މުޅި ހަތީމުން ޓެސްޓްދޭއިރު، ސްކޫލުތަކުން ގުރުއާނަށް ކަނޑައެޅިފައި އޮންނަ ވަގުތު މަދުވުމުގެ ސަބަބުން، އެ ކުދިންނަށް ދަތިތަކާ ކުރިމަތިވާނެ ކަމަށްވެސް ބެލެނިވެރިންގެ ޝަކުވާތަކުގައިވެ އެވެ.

މީގެއިތުރުން ދަރިވަރުން ހަދަން ކަނޑައަޅާފައިވާ ޕްރޮޖެކްޓަކީ ރިސާޗް ހަދަންޖެހޭ އެއްޗަކަށްވާއިރު، އެފެންވަރަށް ސްކޫލްތަކުން ކިޔަވައި ނުދިނުމާއި ޕްރޮޖެކްޓްގައި ހަދީސްއާއި ޤުރުއާނުން ހެކިދައްކައިގެން ލިޔަންޖެހުން އެއީ އުދަގޫ ކަމެއްކަން ބެލެނިވެރިން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން 2020 ގައި ގްރޭޑް 10 ނިންމާ ދަރިވަރުންނަށް އެސްއެސްސީ ޤުރުއާނަށް ޓެސްޓެއް ނުބޭއްވުމަށް ވަނީ އެދިފަ އެވެ. އެހެންނަމަވެސް 2020 ގައި ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް، ޤުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދީ، އެކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަކީ ގަބޫލުކުރާ އަދި ބޭނުންވާ ކަމެއް ކަމަށްވެސް ބެލެނިވެރިން ވަނީ ބުނެފަ އެވެ. އަދި 2020 ގައި ގްރޭޑް 10 ގެ އިމްތިހާން ނިންމާ ދަރިވަރުންގެ މެދުގައި، ޓޮޕްޓެން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާރިއަށް މިކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނަ ގޮތަށް، މިދިޔަ އަހަރެކޭވެސް އެއްގޮތަށް އަމަލުކުރުމަށް ބެލެނިވެރިން ވަނީ އެދިފަ އެވެ.

ހަމައެހެންމެ ބެލެނިވެރިން ވަނީ އިސްލާމް، ދިވެހީގެ އިމްތިހާނަށް ގެނެވޭ ކުއްލި ބަދަލު، 2020 ގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުގެނައުމަކީ އިންތިހާއަށް އެދޭ އެދުމެއް ކަމަށްވެސް ބުނެފަ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ބެލެނިވެރިއެއް ބުނީ އެކަމާ ގުޅޭގޮތުން އޮންލައިން ޕެޓިޝަނެއް ހަދަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެ ޕެޓިޝަނުގައި މިހާތަނަށް 140 ބެލެނިވެރިން ސޮއިކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި އޮންލަންއިންކޮށް މިހާރު ހުޅުވާލާފައިވާތީ ބެލެނިވެރިން ލައްވާ ސޮއިކުރުން ހުއްޓާލާފައިވާ ކަމަށްވެސް އޭނާ ވަނީ މައުލޫމާތު ދީފަ އެވެ.

އޭނާ ބުނީ މިމައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީން އަދި ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ސީއެންއެމްއަށް މައުލޫމަތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ އިމްތިހާނު ތަކަށް ބަދަލު ގެނެސްފައިވަނީ ސާނަވީ ތައުލީމުގެ މަންހަޖަށް ގެނައި ބަދަލާއެކު ކަމަށެވެ. އެގޮތުން ދިވެހި މާއްދާއަށް ބަލާއިރު އިމްތިހާނުގައި ހަމައެކަނި ހިމެނޭނީ ދޭހައިގެ ބަޔާއި ލިޔުންތެރިކަމުގެ ބައި ކަމަށް އިހްސާނު ވިދާޅުވި އެވެ. އަދި އަދަބިއްޔާތު ބައި އިމްތިހާނުގައި ނުހިމަނާނެ ކަމަށް ވެސް އިހްސާނު ވިދާޅުވި އެވެ.

މީގެ އިތުރުން އިސްލާމު މާއްދާއަށް ބަލާއިރު މީގެ ކުރިން ޕޭޕަރު އެކެއްގައި ކުރު ޖަވާބު ދިނުމަށް އޮތް ނަމަވެސް ގެނައި ބަދަލާއެކު ޕޭޕަރު އެކެއްގައި ދެން ހުންނާނީ މަލްޓިޕްލް ޗޮއިސް ކުއެޝަން (އެމްސީކިއު) ކަމަށް އިހްސާނު ވިދާޅުވި އެވެ. އަދި ޕޭޕަރު ދޭއްގައި ހުންނާނީ ކުރު ޖަވާބު ދިނުމާއި ދިގު ޖަވާބު ދިނުން ކަމަށް އިހުސާނު ވިދާޅުވި އެވެ.

ޤުރުއާން މާއްދާއަށް ބަލާއިިރު ޤުރުއާނުގެ މާއްދާގައި އެސައިންމެންޓަކާއި ޤުރުއާން ކިޔެވުން އޮންނާނެ ކަމަށް އިހްސާނު ވިދާޅުވި އެވެ. މިއީ އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ހިމެނި ފުރަތަމަ ފަހަރެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް