ads
ސްކޭމް މެސެޖުތަކާއި ކޯލުތަކުން މީހުންގެ އަތުން ފައިސާ ފޭރިގަތުން ރާއްޖޭގައި ވަނީ އާންމުވެފައި
ސްކޭމްތަކުން ހަފުތާއެއްގެތެރޭ 481000ރ. ފޭރިގެންފި
ފާއިތުވި ހަފުތާގައި ސްކޭމްކޮށްގެން 480,000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.
Advertisement

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުގައި ބުނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 45 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ގެއްލުނު 481,520.67ރ. ގެ ތެރެއިން 383,610.08ރ. އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން މީހުންގެ އެކައުންޓްތަކުން ނެގި ފައިސާގެ 80 ޕަސެންޓް ހޯދާފައިވާ އިރު، އޭގެތެރޭގައި އެންމެ ގިނައީ އީ ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްތައް ކަމަށެވެ.

ގެއްލުނު ފައިސާގެ 80 ޕަސެންޓު ހޯދާފައިވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމް (ލިންކު ފޮނުވައިގެން ހިންގާ ސްކޭމް)ގެ މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައި ވަނީ ފޭސްބުކް މާކެޓްޕްލޭސް އެވެ. އެގޮތުން މާކެޓްޕްލޭސްގެ 20 މައްސަލައެއް ފާއިތުވި ހަފްތާއެއްގެ ތެރޭގައި ހުށަހަޅާފައިވެ އެވެ.

ހުށަހަޅާފައިވާ ސްކޭމްގެ ބާވަތްތަކުގެ ބާބަތްތަކުގެ ތެރޭގައި ހިމެނެނީ:

 - ބޭރު ފައިސާ މާރުކުރުމުގެ ސްކޭމް: 10 މައްސަލަ
 - ފޯނު މެދުވެރިކޮށް ހިންގާ ސްކޭމް: 5 މައްސަލަ
 - އިމްޕާސަނޭޝަން، ފިޝިން، ރޮމޭންސް ސްކޭމް އަދި ފައިސާ ޖަމާކުރުމުގެ މައްސަލ: ކޮންމެ ބާވަތަކުން 1 މައްސަލަ

ސްކޭމްކުރުމަށް ބޭނުންކޮށްފައިވާ އެހެނިހެން ވަސީލަތްތައް:

 - ވައިބާ: 9 މައްސަލަ
 - ފޯނު ކޯލް 6 މައްސަލަ
 - އައިބޭ، މެސެންޖަ، ޓެލެގްރާމް، އިންސްޓަގްރާމް

ޝައްކު އުފެދޭނަމަ ޔަގީންކުރުމަށާއި، ލިންކުތަކަށް ނުފިތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އެ ސެންޓަރުން އިރުޝާދު ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް