ads
ކ ހުރާގައި ބީއެމްއެލްއިން ގާއިމްކުރި އޭޓީއެމް
ކ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ހުރާގައި އޭޓީއެމްގެ ހިދުމަތް ފެށުމާއެކު، މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށް ނިމިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
Advertisement

ހުރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެރަށުގައި އޭޓީއެމްގެ ހިދުމަތް ފަށައިދެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންވެސް ބައިވެރިވިއެވެ.

އޭޓީއެމްގެ ހިދުމަތް ފަށައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އޭޓީއެމް ބެހެއްޓުމުގެ މަސައްކަތަކީ ރައީސް ހާއްސަ އިސްކަމެއްދީގެން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަވާ މަސައްކަތެއްކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި 32 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވާކަމަށެވެ. އަދި މާލެއާއި ސިޓީތައް ފިޔަވާ ދެން ހިމެނޭ ރަށްތަކުން، މިއަހަރު މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މުއާމަލާތް އޭޓީއެމްތައް މެދުވެރިކޮށް ކޮށްފައިވާކަމަށެވެ.

ބޭންކިން ނިޒާމަށް ގިނަ ފައިސާ ވަންނަމުންދާއިރު ބީއެމްއެލްއިން ދޫކުރާ ލޯނު ސްކީމްތަކާއި އިތުރު ފައިނޭންސިން ފެސިލިޓީތައްވެސް ފުޅާކޮށްފައިވާކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. މިގޮތުން ގެދޮރު ހެދުމާއި، ގެސްޓް ހައުސް ވިޔަފާރިއާއި އަދި އެނޫންވެސް ކުދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީތަކަށް ލުއި ބަދަލުތައް ގެނެސްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މާލެ އަތޮޅުގެ އިތުރުން ހއ، ނ، ދ އަދި މ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް މިހާރު ވަނީ އޭޓީއެމްގެ ހިދުމަތް ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް