
ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. "މޯލްޑިވްސް އެކްސްޕޯ 2025" ގައި ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް ރޭ އެވޯޑު ލިބުނެވެ.
ރޭ އެ މައުރަޒުގައި ބައިވެރިވި މީހުންނަށް އިނާމު ދިނުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކި ދާއިރާތަކުން އެއްވަނަ ހާސިލުކުރި މީހުންނާއި މުޅި މައުރަޒުން އެންމެ މަތިން މާސްކް ހޯފި ފަސް މީހުންނަށް ރަން ވަނަ ހަވާލުކޮށްދެއްވާފަ އެވެ.
މި އެކްސްޕޯގައި ސްޓެލްކޯ އިން ދައްކާލަނީ އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ "ރީޖަނަލް ސްކާޑާ" ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާ ގުޅޭ އެންމެހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.
މިއީ ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކުގެ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނިޓާ ކުރުމަށް ތަރައްގީކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ކެނޑޭ މިންވަރު މަދުކޮށް، އަދި ކުރިމަގުގައި ބޭނުންވާނެ ކަރަންޓުގެ މިންވަރު އިތުރަށް ސީދާކޮށް ލަފާކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މޯލްޑިވްސް އެކްސްޕޯ ކުރިއަށްދަނީ މިރެެއިން ފެށިގެން މި މަހުގެ ނިޔަަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން ބާއްވާ މައުރަޒެކެވެ.