ads
ކެންދޫގައި ފެން ރައްކާ ކުރަން ބެހެއްޓި ތާނގިތަކެއް: މަސައްކަތުގެ އަގަކީ 56 މިލިއަން ރުފިޔާ -- ފޮޓޯ: އެމްޑަބްލިއުއެސްސީ
ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި
ބ. ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ
Advertisement

ބ.ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ.

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި، ފެނަކަ އާއި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ.

ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށްފައިވެ އެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓައި ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. 

ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ ޖުމްލަ އަގަކީ 56.26 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫއުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ އެވެ.

ކެންދޫގައި ގާތްގަނޑަކަށް 1350 މީހުން ދިރިއުޅެ އެވެ. ކެންދޫގައި މީގެ ކުރިން އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުގެ އެހީގައި ވަނީ ކަރަންޓު އުފައްދަން ޖަނަރޭޓަރު ސެޓެއް ބަހައްޓައިފަ އެވެ. ރަށުގެ ބަނދަރު ވެސް ހުންނަނީ ހަދައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް