ads
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު: މިރޭ ވަނީ ފެށިފައި - ފޮޓޯ: ސަން
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފަށައިފި
ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 3،000 އަށްވުރެ ގިނަ ހުށަހެޅުމަކާއެކު މިރޭ ހުޅުވައިފި އެވެ.
Advertisement

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަަހައްދުގައި އެ އެކްސްޕޯ ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރާތް ކުރައްވައި އުފެއްދުންތައް ބައްލަވާލައްވައިފަ އެވެ.

މި މައުރަޒު ހުޅުވުމުގެ މުނާސަބަތުގައި މިރޭ ވަނީ ފަސް މިނެޓަށް ހަވާ ވެސް އަރުވާފަ އެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި އެތައްސަތޭކަ ދިވެހި ފަންނުވެރިންގެ ހުށަހެޅުންތައް އެއް ތަނަކުން ފެންނާނެ އެވެ.

ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިން 14 ކެޓަގަރީއަކުންނާއި 82 ސަބް ގިންތިން މި މައުރަޒުގައި ބައިވެރިވިއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ.

މިރޭ ފެށީ، މި މައުރަޒުގައި 3،000އަށްވުރެ ގިނަ ހުށަހެޅުންތައް ބައިވެރިކޮށްފައިވާއިރު، އެންމެ ގިނަ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ބ. ތުޅާދޫންނެވެ.

މި މައުރަޒުގައި ދިވެހި ބޭސްވެރިކަމާއި ގަހަނާއާއި ދިވެހީންގެ ތަފާތު ހުނަރުތަކާ އުފެއްދުންތައް ފެންނާނެ އެވެ.

މި މަހުގެ ނިޔަލަށް މި މައުރަޒު ކުރިއަށް ގެންދާނެ އެވެ. އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް