ads
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ދިރާގުން އެހީވުން
ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 230,380 ރުފިޔާ ހަދިޔާކޮށްފި
ދިރާގުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޖުމްލަ 230,380 ރުފިޔާ ހަދިޔާކޮށްފިއެވެ.
Advertisement

މި ފައިސާއަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) އިސްނެގުމުގެ ދަށުން ރޯދަ މަހު ހިންގި ޕްރޮގްރާމެއްގެ ތެރެއިން ޖަމާކުރެވުނު ފައިސާއެވެ. ޖެންޑާ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މި ފައިސާ ޖެންޑާ މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކުރެވިފައިވާއިރު، މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ދިރާގުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ކަމަށް ދިރާގުން ބުނެފައިވެއެވެ.

ދިރާގަކީ ރާއްޖޭގައި އިޖުތިމާއީ އެކިދާއިރާތަކުން ރައްޔިތުންނަށާއި އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް ވަނީ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް