ޖެން ޑާލިންގެ ޓިކްޓޮކްގައި ދިވެހިންނާ ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން ގިނަ ދިވެހިން ވަނީ އޭނާގެ ފާޑުކިޔުންތަކަށް ރައްދު ދީފައެވެ.
ޖެން ޑާލިން ވަނީ އޭނާގެ އައްޑޫ ދަތުރު އާއި ގުޅިގެން ދީފައިވާ ކޮމެންޓްތައް "ކޮންޓެކްސްޓުން ބޭރުކޮށް" އިތުރަށް މައްސަލަ ބޮޑުކޮށްފައިވާ ކަމަށާއި، ހައެއްކަ ދުވަހުގެ ތެރެއިން އެންމެ ދެ ގަޑިއިރު ނޭދެވޭ ތަޖުރިބާއެއް ކުރިމަތިވިނަމަ ވެސް ޖުމްލަކޮށް އޭނާގެ އައްޑޫ ދަތުރަކީ "ފުރިހަމަ" ދަތުރެއް ކަމަށް ބުނެފައެވެ.
ދިވެހިންނާ ގުޅޭގޮތުން ޖެން ޑާލިން ދިން ކޮމެންޓްތައް ގިނަ ބަޔަކު ދެކެނީ ނޭދެވޭ ކޮމެންޓްތަކެއްގެ ގޮތުގައި ކަމަށްވާއިރު، ބައެއް މީހުން ޖެން ޑާލިންގަކީ މިހާތަނަށް ރާއްޖެއަށް އައި ޓިކްޓޮކާއެއްގެ ތެރެއިން އެންމެ ހިތްހެޔޮ މީހާއެވެ.
އޭނާގެ ޓިކްޓޮކް އެކައުންޓްގައި 52,300 އަށްވުރެ ގިނަ ފޮލޯވާސް ތިބިކަން ފާހަގަކުރެވެއެވެ.