
މިހާރު ބަލްގިޝްއަކީ ދެ ކުދިންގެ މަންމަ އެވެ.
އޭނާ ބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގަނެގެން ޖަޕާނުން ގެނައި ކާރެއް ރާއްޖެއަށް ގެނައީ 2024 އަހަރު ކަމަށެވެ. ނަމަވެސް ގަރާޖްގެ މައްސަލައަށް ރެޖިސްޓާ ނުކުރެވުނު ކަމަށާއި އަދި ގިނަ ފައިސާއެއް ހޭދަކޮށް ގަރާޖެއް ހޯދުމުން ވެސް އެޕްލިކޭޝަން ރިޖެކްޓް ކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
ބަލްގިޝް ބުނި ގޮތުގައި ކާރު "އައުޓްޑޭޓެޑް" ކަމަށް ބުނެ އެޕްލިކޭޝަން ވަނީ ރިޖެކްޓްކޮށްފައެވެ.
ބަލްގިޝްގެ ކާރު އެންމެ ފުރަތަމަ ޖަޕާނުގައި ރެޖިސްޓާ ކޮށްފައިވަނީ މާރިޗް 2020 ގައެވެ. އަދި މިހާރު މިނިސްޓްރީއިން މެނިއުފެކްޗަރިން ތާރީހް ޗެކް ކުރާ ވެބްސައިޓްއެއް ބޭނުން ކުރާކަމަށް އޭނާ ބުނެފައިވެއެވެ. މިއީ ކުރިން ނުކުރާކަމެކެވެ.
ބަލްގިޝް މިގޮތަށް ދިމާވެފައިވާ ހަމައެކަނި މީހަކީ އޭނާ ނޫން ކަމަށް ބުނެފައިވެއެވެ. އޭނާ ފަދަ ގިނަ ބަޔަކު ލޯނު ނަގައިގެން ގެނައި ކާރުތަކަކީ ރަޖިސްޓާ ނުކުރެވިފައިވާކަމަށް އެނާ ބުންޏެވެ.
ނަމަވެސް އެ މީހުން އަދިވެސް މަހުން މަހަށް ލޯނު ދައްކަމުން ދާންޖެހޭ ކަމަށް ބުނެއެވެ. އަދި ސަރުކާރުން މި ބަދަލުތައް ގެނައީ އެއްވެސް އިންޒާރެއް ނުދީ އަދި އެއްވެސް ޓްރާންސިޝަނަލް ސަޕޯޓެއް ނުވަތަ ކްލިއާ ގައިޑަންސްއެއް ނުދީކަމަށް އޭނާ ބުންޏެވެ.