ads
މިއަދުގެ ރީތި ތާރީހާ ގުޅުވައިގެން ކައިވެނި ހަފްލާތަކަށް ކޯޓު ތައްޔާރުކޮށްފައި
މިއަދުގެ ރީތި ތާރީހުގައި 25.5.25 ގައި 59 ކައިވެނި
މިއަދުގެ ރީތި ތާރީހާ 25.5.25 ގުޅުވައިގެން މާލޭގައި 59 ކައިވެނި ކުރަން ހަމަޖެހިފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.
Advertisement

ފެމެލީ ކޯޓުން ބުނީ މިއަދަކީ މި އަހަރުގެ މިހާތަނަށް މިކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި އަގުދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމަށެވެ. 

ފެމެލީ ކޯޓުން ބުނީ  މިއަދުގެ ރީތި ތާރީހު 25-05-25 ގައި 59 ކައިވެނި މާލޭގައި ކޮށްދިނުމަށް ހަމަޖެހިފައިވާކަަމަށެވެ. އެ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނިކުރަން ހަމަޖެހިފައިވާކަމަށެވެ. އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށެވެ. 

your imageމިއަދުގެ ރީތި ތާރީހާ ގުޅުވައިގެން ކައިވެނި ހަފްލާތަކަށް ކޯޓު ތައްޔާރުކޮށްފައި 

މިއަދަކީ މިއަހަރު އެންމެ ގިނަ ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިކަމަށް ފެމިލީކޯޓުން ބުނެއެވެ.

މިދިޔަ އަހަރު އެންމެ ފަހުން އައި ރީތި ތާރީހު، 24-12-24 ގައި މާލޭގައި 52 ކައިވެނި ވަނީ ކޮށްފައެވެ.

ކުރިން ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން މި އަހަރު ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކޯޓުގައި ކައިވެނިކޮށްދޭނެ ފެމެލީ ކޯޓުން ވަނީ ނިންމައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް