ads
ރައީސް ޑރ. މުއިއްޒު
ފުޓްބޯޅައަށް ހައްގު މަގާމު ހޯދަންކުރާ މަސައްކަތް ކާމިޔާބު: ރައީސް
ފުޓްބޯޅައަށް ހައްގު މަގާމު ހޯދަންކުރާ މަސައްކަތް ކާމިޔާބު ވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފުޓްބޯޅަ ދުވަހުގެ މުސާބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ފުޓްބޯޅަ ވަނީ މުޅި ގައުމު އެއްބައިވަންތަ ކޮށްދީފައިކަމަށެވެ. އަދި ފުޓްބޯޅަައިން ގައުމު ފަހްރުވެރިވާނެ އެތައް ހުނަރުވެރިއެއް އުފައްދައިދީ ރާއްޖޭގެ ކުދިބޮޑު ހުރިހާ ރަށްރަށެއްގައި އިޖްތިމާއީ ރޫހު އާލާކޮށްދީފައި ފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރާއްޖޭގައި ފުޓްބޯޅައަށް ހައްގު މަގާމު ހޯދާދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށާއި އެ މަސައްކަތް ކާމިޔާބު ވަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ދިވެހީންގެ މެދުގައި ފުޓްބޯޅައަށް ހައްގު މަގާމު އަލުން އަނބުރައި ހޯދަައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ދަނީ ކާމިޔާބީގެ އަމާޒަށް ދަތުރުކުރަމުން." ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ރާއްޖޭ ފުޓްބޯޅަ އެސޯސިއޭޝަން ނުހިނގާ ފީފާއިން ނޯމަލައިޒްކުރުމުންވެސް ރާއްޖޭގެ ފުޓްބޯޅަ ހިންގުން އޮތީ ޕެރަލައިޒް ވެފަކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރު މީހުން އަންނަނީ ބުނަމުންނެވެ. 

6 މެއި 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކުޅިވަރާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ހިމެނޭހެން ކުޅިވަރުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަރުވާނެ ދުރު ރާސްތާ ޕްލޭނެއް،  ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވާލަވާލަމުންދާ ވާހަކައެވެ.   

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތުމާއި ގުޅިގެންނާއި ކުލަބުތަކަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކޮންމެ ކުލަބަކަށް މިއަހަރުގެ ކުރީކޮޅު ބައިލައްކަ ރުފިޔާވެސް ވަނީ ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް