މިއަދު ހީނާ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭއިރު، އެ ބައްދަލުވުމަކަށް ހާޒިރުވާނެ ޑްރެސްކޯޑް ދައުވަތުގައި ހިމަނާ ކަމަށާއި، ބައްދަލުވުމަށް ނަންނޯޓުކުރާ ނޫސްތަކަށް އެކަން ހަނދާންކޮށްދެމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެ ނުކުމެވުމުގައި މިހާރު އަމަލުކުރަމުންދާ ޑްރެސްކޯޑުގެ އުސޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރު ކަމަށްވެސް ހީނާ ވަލީދު ހާމަކުރެއްވިއެވެ.
ރައީސް އޮފީހުން ބާއްވާ އިވެންޓްތަކަށް ކަނޑައަޅާފައިވާ ޑްރެސްކޯޑާ އެއްގޮތަށް ހެދުން އަޅާފައިވާ ކޮންމެ ނޫސްވެރިއަކަށްވެސް އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ތަފާތުކުރުމެއް ނެތި ދެމުން ގެންދާނެ ކަމަށް ހީނާ ވަލީދު ވިދާޅުވިއެވެ.