
ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ކުރިމަތިލާން ސަރުކާރުން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އިއުލާންކުރި ނޭޝަނަލް ސާވިސް ޕްރޮގްރާމަށް ބައިވެރިވާން މިހާތަނަށް 400 ވުރެ ކުދިން ފޯމުލާފައިވާކަމަށެވެ. އަދި އޭގެތެރެއިން 200 ވުރެ ގިނަ ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންކަމަށާއި އެކުދިން ފޯމު ހުށައަޅާފައިވަނީ ބެލެނިވެރިންގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއެކުކަމަށެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސް ބައިވެރިވުމުގެ ޝަރުތުތައް
- އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން
- އުމުރުން 16 އަހަރު ފުރި، 18 އަހަރު ނުފުރޭ ކުދިން، މި ހިދުމަތުގައި ބައިވެރިވާން އެދޭނަމަ، އެ ކުއްޖަކު މި ހިދުމަތުގައި ބައިވެރިވުމާމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިުތިރާޒެއްނެތް ކަމުގެ ލިޔުމެއް ހުށަހަޅަންވާނެ
- ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕުރޮގުރާމުގައި ހިދުމަތްކުރެވޭނެފަދަ ސިއްހަތެއްގައި ހުރި ފަރާތެއް ކަމުގައިވުން.
ޑިފެންސް މިނިސްޓްރީން ބުނީ ގައުމީ ހިދުމަތުގެ ޕުރޮގުރާމުގައި ބައިވެރިކުރެވޭ ފަރާތްތައް ހޮވާނީ، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައިަކަމެވެ.
ޤައުމީ ހިދުމަތުގެ ޕްރޮގުރާމަށް ހޮވޭ ފަރާތްތަކަށް، އެފަރާތްތައް މި ހިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނަކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި ޕުރޮގުރާމުގެ ދަށުން ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކަނޑައެޅޭ ދާއިރާތަކުން ވަޒީފާއަށް ގުޅުމުގެ ފުރުސަތުވެސް ލިބޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕުރޮގުރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 1 ވަނަދުވަހަށް ހަމަވާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.