ads
ފުލުހުން
ޑްރޯން އެރުވި ނޫސްވެރިޔާއަށް ފުލުހުން އަނިޔާ ކުރި މައްސަލަ އެންއައިސީއަށް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑްރޯން އެއް އަރުވަން ހުރި ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނިންމައިފި އެވެ.
Advertisement

މި މައްސަލައިގައި ވަން އޮންލައިންގެ މަލްޓި މީޑިއާ ނޫސްވެރިއެއް ކަމަށްވާ ހަމްދާން އަހުމަދަށް ފުލުހުން އަނިޔާކުރި ކަމަށް ބެލެވޭ ކަމަށް އެމްޖޭއޭއިން މިއަދު ނެރުނު އިންސިޑެންޓަލް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމްދާން ބުނެފައިވާ ގޮތުގައި ޑްރޯން އެރުވީ ޓެސްޓު ކުރުމުގެ ބޭނުމަށް ހަތް ފޫޓު އުހަށް ކަމަށާއި، ޑްރޯން އަރުވަނިކޮށް ދެ ފުލުހަކު އައިސް ހުއްދަ ހޯދުމަށް އެންގި އެވެ. ނޫސްވެރިޔެއްކަން އަންގައިދޭ ކާޑު ފެނުމުން ނޫސްވެރިޔަކަސް "ނުފުއްޕޭނެ" ކަމަށް ފުލުހުން ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ހަމްދާން ބުނެފައިވެ އެވެ. އަދި އޭގެ ތެރޭގައި "ރިލްވާނަށް ހަދާލި ގޮތް" ހަދާލާނެ ކަމަށް ފުލުހުން ބުނިކަމަށްވެސް ހަމްދާން ތުހުމަތުކޮށްފައިވެ އެވެ.

ހަމްދާންގެ ތުހުމަތުގައި ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ މެސް ރޫމަށް ގެންގޮސް މޫނުމަތީ ތަޅައި އަނިޔާކުރި ކަމަށާއި ކަރުގައި ހިފައި ނޭވާ ހާސްކުރި ކަމަށެވެ. މިކަމާ ގުޅިގެން އެމްޖޭއޭއިން ފުރަތަމަ ނެރުނު ބަޔާނުގައި ފުލުހުން ކުށްވެރިނުކޮށް ނޫސްވެރިންނަށް ދިނީ ނަސޭހަތެވެ. ނަމަވެސް މިހާރު ވަނީ އެންއައިސީއަށް މި މައްސަލަ ހުށަހެޅުމަށް ނިންމާފައެވެ. ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް