ads
ފޮރިން މިނިސްޓަރު ހަލީލް
ދެމަސް ތެރޭ ފޮރިން މިނިސްޓަރުގެ ދެވަނަ ދަތުރުފުޅު އިންޑިއާއަށް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވަނީ ދެމަހެއްހާ ދުވަސް ތެރޭގައި ދެވަނަ ފަހަރަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
Advertisement

މި ދަތުރުފުޅަކީ "ހައި ލެވަލް ކޯ ގުރޫޕް"ގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއްކަން ސަން އޮންލައިނަށް ވަނީ އެނގިފައެވެ. މި ދަތުރުފުޅުގައި ހަލީލްއާއެކު ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެއެވެ.

ކުރިން ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ނިއު ދިއްލީގައި ބޭއްވި ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ހަލީލް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ. މިފަހަރު ހަލީލް ބައިވެރިވެވަޑައިގަންނަވާ "ހައި ލެވަލް ކޯ ގުރޫޕް" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއާއެކު މަޝްވަރާކުރެއްވުމަށްފަހު އުފެއްދެވި ގުރޫޕެކެވެ.

އިންޑިއާ މީޑިއާއިން މި ދަތުރުފުޅާ ގުޅޭ ބައެއް ތަފްސީލު ހާމަކޮށްފައިވީ ނަމަވެސް، ދިވެހި ސަރުކާރުން މިކަމާ ގުޅުންހުރި އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިއީ ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން ހަރުދަނާވަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ. ފަހުން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް