ads
ފެމެލީ ކޯޓު
މިއަދުގެ ރީތި ތާރީހުގައި 22 މީހުން ވަރިވެސް ކުރޭ
މިއަދުގެ ރީތި ތާރީހާ 25.5.25 ގުޅުވައިގެން މާލޭގައި ގިނަ ކައިވެނިތަކެއް ކުރާއިރު އެ އަދަދާއި ދެބައިކުޅަ އެއްވަރަށް މިއަދު ވަރިވެސް ވާން ހުށައަޅާފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.
Advertisement

މިއަދުގެ ރީތި ތާރީހުގައި 59 ކައިވެނި މާލޭގައި ކޮށްދިނުމަށް ހަމަޖެހިފައިވާކަަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ. މިއަދުގެ ރަސްމީ ގަޑީގައި 23 ކައިވެނި އަދި  ނުރަސްމީ ގަޑީގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ. 

59 ކައިވެނި މިއަދު މާލޭގައި ކުރާއިރު 22 ވަރި މިއަދު ކުރަން ތާވަލުކޮށްފައިވާކަމަށް ކޯޓުން ބުނެއެވެ. 

ދުނިޔޭގައި ވަރީގެ ރޭޓް އެންމެ ގިނަ ގައުމެއްގެ ގޮތުގައި ރާއްޖެ ވަނީ ރެކޯޑް ކުރެވިފައެވެ. 

މިއަދަކީ މިއަހަރު އެންމެ ގިނަ ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ދުވަސްކަމުގައިވާތީ ކޯޓަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކޯޓުން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިކަމަށް ފެމިލީކޯޓުން ބުނެއެވެ.

މިދިޔަ އަހަރު އެންމެ ފަހުން އައި ރީތި ތާރީހު، 24-12-24 ގައި މާލޭގައި 52 ކައިވެނި ވަނީ ކޮށްފައެވެ.

ކުރިން ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް ގިނަ މީހުންގެ އެދުމުގެ މަތިން މި އަހަރު ހަފުތާ ބަންދު ދުވަސްތަކުގައިވެސް ކޯޓުގައި ކައިވެނިކޮށްދޭނެ ފެމެލީ ކޯޓުން ވަނީ ނިންމައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް