ads
ނެޓްޖިއޯގެ ރަޝިޔާ ފޮޓޯގުރާފަރުން ރާއްޖޭގައި
ރަޝިއާއިން 100,000 ޓޫރިސްޓުން ޒިޔާރަތްކޮށްފި
މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް 100,000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މި އަދަދާއެކު ރަޝިއާ އޮތީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ދެވަނައިގައެވެ. ޗައިނާއިން 108,128 ޓޫރިސްޓުން ޒިޔާރަތްކޮށް އެންމެ މަތީ ސަފުގައި އޮތްއިރު، ރަޝިއާއިން ޒިޔާރަތްކޮށްފައިވަނީ 100,096 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމުލަ 926,898 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 10.8 ޕަސަންޓަކީ ރަޝިއާގެ ޓޫރިސްޓުންނެވެ. ތިންވަނައިގައި އިނގިރޭސިވިލާތް ހިމެނޭއިރު އެ ގައުމުން ޒިޔާރަތްކޮށްފައިވަނީ 95,019 ޓޫރިސްޓުންނެވެ. ފާއިތުވި 2023 ވަނަ އަހަރު ރަޝިއާގެ އެއްލައްކަ ވަނަ ޓޫރިސްޓު ޒިޔާރަތްކޮށްފައިވަނީ ޖޫން މަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ޓޫރިސްޓުންގެ ތެރެއިން 660,071 ޓޫރިސްޓުން (71.2 ޕަސަންޓް) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 216,094 ޓޫރިސްޓުން (23.3 ޕަސަންޓް) ޗުއްޓީ ހޭދަކޮށްފައިވާއިރު ހޮޓާތަކުގައި 27,291 ޓޫރިސްޓުން އަދި ޓޫރިސްޓް އުޅަނދުތަކުގައި 22,853 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް