ads
ގައިދީންތަކާއިއެކު ކަރެކްޝަންސްގެ އޮފިސަރުންތަކެއް
ގައިދީންނަށް ގުރުއާން އުނގަންނައިދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ގައިދީންނަށް ގުރުއާން އުނގަންނައިދިނުމަށް އެމްސީއެސްއާއި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ދެ އަހަރުގެ މުއްދަތަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ޖަލުތަކުގައި ތިބި ގައިދީންނަށް ތަޖުވީދު މަގުން ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމަށް ޓަކައި މަރުކަޒުގެ ޓީޗަރުން ހަމަޖެއްސުމާ ގުޅޭ އެންމެހައި ކަންތައްތަކަށް މަގުފަހިކޮށްދެވޭނެއެވެ.

ސަލްމާން މިސްކިތުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެމްސީއެސްގެ ފަރާތުން ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ސޮއިކުރެއްވިއެވެ. އަދި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން ސްޓޭޓް މިނިސްޓާ ފޯ އިސްލާމިކް އެފެއާޒް އަބްދުﷲ ސައުދާން ސޮއިކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ އުޖޫރައަކަށް ޖަލުތަކުގައި ތިބި ފަރާތްތަކަށް ގުރުއާން ކިޔަވައިދިނުމާއި ހިފުޒު ކްލާސްތައް ވެސް ނަގައިދެވޭނެއެވެ.

ކޮމިޝަނާ ޒަރީރު ވިދާޅުވީ ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ތިބި އިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ސްކޫލް ނިންމިއިރު ވެސް ރަނގަޅަށް ގުރުއާން ކިޔަވަން ނޭނގޭ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އެ ފަރާތްތަކަށް ގުރުއާން އުނގަންނައިދެވޭނެ ފުރުސަތު ލިބިދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ސައުދާން ވިދާޅުވީ ކުޑަކުދިން ބަންދުކުރާ މަރުކަޒުގައި ތިބި ކުޑަކުދީންނަށް ވެސް އެމީހުންގެ ތައުލީމީ ފެންވަރަށް ރިއާޔަތްކޮށް ކްލާސްތައް ނަގައިދިނުމަށް ވެސް މުގައްރަރު ކަނޑައެޅިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް