
މިކަން ހިނގާފައިވަނީ ބްރޯޑްކޮމްގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. މަގާމުން ވަކިކުރި ޗިޓް ޒީނިޔާއާ ހަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ގެ ފަހުންނެވެ.
މީގެ ކުރިން މެއި 20 ވަނަ ދުވަހު، ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުރި ޒީނިޔާ 96 ގަޑިއިރަށް ސަސްޕެންޑް ކޮށްފައިވެއެވެ. ސަސްޕެންޑް ކުރުމާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާއަށް ނުނިކުމެ ހަޅުތާލުކުރިއެވެ. ޒީނިޔާއަށް ޖަވާބުދާރީވުމަށް އެންގުމުން އޭނާ ކޮމިޝަނަށް ޖަވާބުދާރީވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް، އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދިފައިވެއެވެ. އަދި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް އެ ޕެޓިޝަނުގައި ތުހުމަތުކޮށްފައިވެއެވެ.