މުލީ ހޮސްލިޓަލުން ބުނީ ޑައިލިސިސްގެ ހިދުމަތް މުލީ ހޮސްޕިޓަލްގައި ފެށުމަކީ މުޅި މ. އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ޑައިލިސިސްގެ ހިދުމަތް ތިން ރަށެއްގައި ވަނީ ފަށާފައެވެ. މިއަހަރު ގެ ފެބުރުއަރީ މަހު، ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައަލިސިސްގެ ހިދުމަތް ވަނީ ފަށާފައެވެ. އޭގެ ފަހުން މިދިޔަމަހު ނ. ވެލިދޫ ސިއްހީ މަރުކަޒުގައިވެސް އެ ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
ސަރުކަރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމެވެ.
ޑައިލިސިސްގެ ހިދުމަތް މިހަރު ނުލިބެނީ އއ، އދ، ވ، ފ، އަދި ދ އަތޮޅުގަ އެވެ.