ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮރިން މިނިސްޓަރު ހަލީލް އިންޑިއާގައި: ފޮޓޯ އެކްސްޓަނަލް އެފެއާޒް
ރާއްޖެ-އިންޑިއާ ކަނޑުގެ ސަލާމަތީ ބައިވެރިވުން މުރާޖާކޮށްފި
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ހަލީލް އިންޑިއާގެ ނިއު ދިއްލީއަށް ދަތުރުކުރައްވައި، ދެވަނަ ހައި ލެވެލް ކޯ ގްރޫޕް (އެޗްއެލްސީޖީ) ބައްދަލުވުމުގައި ރާއްޖޭގެ ވަފުދު ވަނީ ރާއްޖެ-އިންޑިއާ އިގްތިސާދީ އަދި ކަނޑުގެ ސަލާމަތީ ބައިވެރިވުން މުރާޖާކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

 ދެ ގައުމުގެ އިގްތިސާދީ އަދި ކަނޑުގެ ސަލާމަތީ ބައިވެރިވުމުގެ ކުރިއެރުން މުރާޖާކުރުމުގައި އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކާ އާއި ހަލީލް ބައިވެރިވަޑައިގެންނެވިކަމަށް ރިޕޯޓުތައް ބުނެއެވެ. 

ހަލީލް އިންޑިއާއަށް ވަޑައިގެންފައިވަނީ މަތީ ފެންވަރުގެ ވަފުދަކާއެކު ތިން ދުވަހުގެ ދަތުރުފުޅެއްގައެވެ. މިއީ މިއަހަރު ހަލީލް އިންޑިއާއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ މި ދަތުރަކީ "އިންޓެންސިފައިޑް ހައި-ލެވެލް ޕޮލިޓިކަލް އެކްސްޗޭންޖަސް" ގެ ބައެއްގެ ގޮތުގައި ރާއްޖެއާއި އިންޑިއާ ދެމެދުގައި ފުޅާ ދާއިރާއެއްގައި އިގްތިސާދީ އަދި ކަނޑުގެ ސަލާމަތީ ބައިވެރިވުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ދަތުރުފުޅުގެ ތެރޭގައި ހަލީލް ވަނީ ޖައިޝަންކާއާ ވަކިން ބައްދަލުކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް