ads
ރާއްޖޭގެ ރަށެއްގެ މަގުމަތީ ބަޔަކު ހިގާފަ ދަނީ
2100 ވަނަ އަހަރު އަންނައިރު ގަރަގު ވާނެ 7 ގައުމު
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ 7 ގައުމަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވަމުންދާކަމަށް "ޓްރެވަލް ބަކެޓް ލިސްޓް" ގެ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.
Advertisement

މި ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭއިރު 2100 ވަނަ އަހަރާ ހަމައަށް މި ގައުމުތައް ފެނުއަޑިއަށް ގޮސް ގަރަގުވެދާނެކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އިންޓަރގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ 2024 ވަނަ އަހަރުގެ ރިޕޯޓެއްގައި ވާގޮތުން، ދުނިޔޭގައި މޫސުމީ ބަދަލުތަކަށް އެންމެ ހާސްވާންޖެހޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޓުވާލޫ، ކިރިބަތީ، ބަންގްލަދޭޝް، ނެދަލެންޑް، ވިއެޓްނާމް، ފިޖީ އަދި ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. 

މިގޮތުން ރާއްޖޭގެ މިހާރުގެ އެވްރެޖް އުސްމިން ހުންނަނީ މޫދު ލެވެލްއާ އަޅާބަލާއިރު 1.5 މީޓަރު މައްޗަށެވެ. އައިޕީސީސީގެ ރިޕޯޓުގައި ވާގޮތުން މޫސުމީ ބަދަލުތަކަށް ދުނިޔޭގެ ގައުމުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2100 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ކަނޑުގެ ލެވެލް 1.1 މީޓަރަށް އުފުލިދާނެއެވެ. މިފަދަ ހާލަތެއްގައި ރާއްޖެ އިންސާނުން ދިރިއުޅެން ނުކުޅެދޭ ތަނަކަށް ވެގެންދާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 

ރާއްޖޭގެ އިގްތިސާދުގެ ގާތްގަނޑަކަށް 30 ޕަސަންޓު ހިއްސާކުރާ ޓޫރިޒަމް ސިނާއަތަށް މިހާރުވެސް ގޮނޑުދޮށްތައް ގިރުމާއި ރިސޯޓުތަކުގެ އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބެމުންދާކަން ފާހަގަކުރެވެއެވެ. ރާއްޖެ ހިމެނޭ ގައުމުތަކުގެ ހާލަތު ދަށްވަމުންދާތީ، އާބާދީ ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަދެކެވެމުންދެއެވެ. 

ނެދަލެންޑްގެ ވޯޓާ އެކްސްޕާޓް ހެންކް އޯވިންކް ވަނީ އިންޒާރު ދެއްވައި، "ހުރިހާ ގައުމަކުންވެސް އާ ހައްލުތަކެއް ހޯދަންޖެހޭ" ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ދުނިޔޭގެ ގައުމުތަކުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފިނަމަ، މި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރެވިދާނެކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް